ކޯވިޑް-19: އިތުރު ދެ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދެ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ކޭސް26އަދި ކޭސް96 އަކީ ދެ ދިވެހިން ކަމަށެވެ. ކޭސް26 އަކީ ކުރިން ޕޮޒިޓިވް ވި ކަމަށް ނިންމި ...

23 Apr 2020 | 23:21

އިތުރު ދެ ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ކޭސް26އަދި ކޭސް96 އަކީ ދެ ދިވެހިން ކަމަށެވެ. ކޭސް26 އަކީ ކުރިން ޕޮޒިޓިވް ވި ކަމަށް ނިންމި ނަމްބަރެކެވެ. ނަމަވެސް އެ ނަމްބަރުގެ ޕޭޝަންޓްގެ ސްޓެޓަސް ޕްރޮބެބްލް ކޭސްއަކަށް ވުމުން މިރޭ ޕޮޒިޓިވް ވި މީހަކަށް މިވަނީ މި ނަމްބަރު ދީފައެވެ.

https://twitter.com/HPA_MV/status/1253459236887113739

ދާދި ދެންމެއަކު އެޗްޕީއޭއިން އިތުރު ޓްވީޓެއްވެސް ކޮށްފައިވެއެވެ. އެއީ ކޮމިއުނިޓީ ސާވޭއަކުން ބަންގްލަދޭޝް އަށް ނިސްބަތްވާ އިތުރު 14 މީހަކު ޕޮޒިޓިވްވި ކަމަށެވެ. މި14 މީހުންގެ ވާހަކަ މިރޭގެ ޕްރެސްކޮންފަރެންސްގައި ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

https://twitter.com/HPA_MV/status/1253465286256103425

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް