ކޮވިޑްގެ ކޭސް އަކާ ގުޅިގެން ހދ.ކުޅުދުއްފުށި މޮނިޓަރިންގ އަށް ލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައި ވަނީ، މީގެ ކުރިން ފައްސިވެފައިވާ ބަލިމީހެއްގެ އެހީތެރިޔާ ކޮވިޑަށް ފައްސި ވުމާ ގުޅިގެންނެވެ. މިއީ ޅ. ނައިފަރުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ނެގްގޮސްފައިވާ ބަލިމީހެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުދުއްފުށި މޮނިޓަރިންގ އަށް ލާފައި ވަނީ ކޭސް އިންވެސްޓިގޭޓް ކުރުމަށާއި ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުފާ ދެމުން ދިޔަ މީހަކާއި، ބަމިލީހާގެ އެހީތެރިޔާ ފައްސިވުމާ ގުޅިގެން އެރަށަށް އަރާފޭބުން މަނާ ކޮށްފައި ވާއިރު، ޅ. ފެލިވަރުން ކޮވިޑަށް ފައްސިވި ކޭސް އެއް ފެނުމާ ގުޅިގެން ފެލިވަރުވެސް ވަނީ މޮނިޓަރިންގ ގެ ހާލަަތަށް ގެނެވިފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،929 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،497 ކަމަށާއި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނީ 103 މީހަކަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 66 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް