ކޮވިޑް 19 އަށް މިއަދުވެސް ރާއްޖެއިން 139 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 139 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 89 މީހަކާއި ރަށްރަށުން ޕޮޒިޓިވް ވި 31 މީހެއްގެ އިތުރުން ހިންގަމުން އަންނަ ރިސޯޓްތަކުން ޕޮޒިޓިވް ވި 19 މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،929 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،497 ކަމަށާއި އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނީ 103 މީހަކަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 66 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް