އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ އުތުރުގެ ރަށެއްގައި މި މަހުގެ ތިންވަނަ ދުވަހު އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 11 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި ކުއްޖާ ރޭޕު ކުރިކަން އަދި ތިން މީހަކު ހިމެނޭކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްވެސް މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައިނުވާކަމަށެވެ.
ނަމަވެސް އެ ރަށުގައި އެ ވާހަކަ ދެކެވެނީ ޓީޗަރަކު އިސްވެ ހުރެ އިތުރު ދެ ފިރިހެނަކާއެކު 14 އަހަރުގެ އަންހެން ކުއްޖަކު ގެއަކަށް ގެންގޮސް ރޭޕު ކުރީ ކަމަށެވެ. އަދި މައްސަލަ ޕޮލިހާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާކަމަށެވެ. ރަށު ހޮސްޕިޓަލުން ޓެސްޓްތައް ހެދުމަށްފަހު މިހާރު މާލެ ގެނެސްފައިވާކަމަށްވެސް އެ ރަށުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް