2022 ވަނަ އަހަރު ގަތަރުގައި ބޭއްވޭ ދުނިޔޭގެ އެންމެ ޝަރަފުވެރި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ކުޅެވޭ ޔޫރަޕް ބައްރުގެ ކޮލިފައިން މެޗުތައް މިރޭ ފަށާނެއެވެ.
ވޯލްޑް ކަޕް ކޮލިފައިން މެޗުތައް މިރޭ ފަށާއި އިރު މިރޭ އެންމެ ފުރަަމަ ކުޅެވޭނީ ގުރޫޕް ޖީގެ މެޗެކެވެ. މިރޭ ރާއްޖޭ ގަޑިން 10:00 ގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ ތުރުކީ އާއި ނެދަލެންޑް އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ނޯވޭ، މޮންޓެނިގްރޯ، ލެޓިވިއާ އާއި ގިބްރޯލްޓާއެވެ.
މިރޭ ދަންވަރު ވެސް ކޮލިފައިންގެ ދެ މެޗެއް ކުޅޭނެ އެވެ. އެގޮތުން މިރޭ ދަންވަރު ކުޅެން ހަމަ ޖެހިފައިވަނީ ގްރޫ އޭގެ ދެމެޗެވެ. މިރޭ ދަންވަރު ރާއްޖޭ ގަޑިން 12:45 ގައި ކުޅެން ހަމަ ޖެހިފައިވާ ދެ މެޗަކީ ޕޯޗުގަލް އަދި އަޒަރަބައިޖާން ބައްދަލުކުރާ މެޗާއި ނޯދަން އަޔަލެންޑާއި ސާބިއާ ބައްދަލުކުރާ މެޗެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް