ޢިއުލާނުގައިވާ ކޮތަރަކީ "ޕީޖިއަން" (ކޮލުމްބާ ލީވިޔާ) ގެ ބާވަތެއް ނޫންކަމަށ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ބުނެފިއެވެ.
އެ މިނިސްޓްރީ އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ކޮތަރަކީ "ޕިޖަން" ކަމަށް ދޭހަވާގޮތަށް އެކި ނޫސްތަކުން މަޢުލޫމާތު ގެނެސްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި އެކަމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކަށް އޮޅުން އަރާފައިވުމުން އެކި ފަރާތްތަކުން އެ މިނިސްޓްރީއަށް ގުޅަމުން އަންނަ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ފާހަގަ ކުރިއެވެ.
އެ އިޢުލާނުގައިވާ "ކޮތަރު" އަކީ " ޕީޖިއަން" (ކޮލުމްބާ ލީވިޔާ) ގެ ބާވަތްތަކެއް ނޫންކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.
- ކޮތަރު - Streptopelia turtur (ސައިންޓިފިކް) - European Turtle Dove (އިނގިރޭސި)
- ކޮތަރު - Streptopelia orientalis (ސައިންޓިފިކް) - Oriental Turtle Dove (އިނގިރޭސި)
- ކޮތަރު - Spilopelia suratensis (ސައިންޓިފިކް) - Western Spotted Dove (އިނގިރޭސި)
އެމްވަޔަރަންމަންޓް މިނިސްޓްްރީން ބުނެފައި ވަނީ، މިއީ 'ކޮތަރު'ގެސައިންޓިފިކް ނަމާއި އިނގެރޭސިން އާއްމުކޮށް ކިޔައިއުޅޭ ނަމުގެ ގޮތުގައި އެއިޢުލާނުގައިވާ ބަޔާންކޮށްފައިވާ ތިން ބާވަތުގެ މަޢުލޫމާތު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް