ކޯވިޑް-19: ރާއްޖޭގައި ތިބި، ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުން ވެސް ވޮލަންޓިއާކޮށްދޭން އެދެފި

ރާއްޖޭގައި ކިޔަވަމުންދާ ހެލްތުކެއާ ޕްރޮފެޝަނަލުން ވެސް ވޮލަންޓިއަރުންގެ ގޮތުގައި އެހީވެދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ. މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ކޯވިޑް-19 ...

24 Mar 2020 | 17:43

ރާއްޖޭގައި ކިޔަވަމުންދާ ހެލްތުކެއާ ޕްރޮފެޝަނަލުން ވެސް ވޮލަންޓިއަރުންގެ ގޮތުގައި އެހީވެދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ.

މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ކޯވިޑް-19 ގެ ޓާސްކްފޯހުން  ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ވޮލަންޓިއަރުންގެ އެހީއަށް އެޗްޕީއޭއިން އެދޭ ކަމަށެވެ.

ވަކިން ހާއްސަކޮށް ރާއްޖޭގައި ވެސް ކިޔަވަމުންދާ ހެލްތްކެއާ ޕްރޮފެޝަނަލުން މިގޮތަށް ވޮލަންޓިއާ ކުރައްވާ މިކަމުގައި ބައިވެރިވެވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެޗްޕީއޭއިން ވަނީ ރާއްޖެއިން ބޭރުގައި ތިބި ސިއްހީ ދާއިރާގެ ދަރިވަރުންގެ އެހޯ ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ނޭޕާލުގައި ދިރިއުޅޭ ރާއްޖޭގެ ގިނަ ދަރިވަރުން ވަނީ ރާއްޖެ ގެނެސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް