ކޯވިޑް-19: ވިލިމާލޭގެ މަގުތައް ވެސް ޑިސްއިންފެކްޓު ކުރަން ނިންމައިފި

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުން މިހާރު ކުރިއަށްދާ މާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ނިމުމުން، ވިލިމާލޭގައި އެ މަސައްކަތް ފަށާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ ...

24 Mar 2020 | 16:42

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފިޔަވަޅެއްގެ ގޮތުން މިހާރު ކުރިއަށްދާ މާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ނިމުމުން، ވިލިމާލޭގައި އެ މަސައްކަތް ފަށާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވާ ޝިފާ ވިދާޅުވީ މާލެއަށް ފަހު ވިލިމާލެ ވެސް ޑިސްއިންފެކްޓު ކުރާނެ ކަމަށެވެ.

ސިޓީ ކައުންސިލުން މި ހަފްތާގައި ވަނީ މާލޭގެ މަގުތައް ކްލޮރިން ބޭނުންކޮށްގެން ޑިސްއިންފެކްޓު ކުރަން ފަށާފަ އެވެ.

ޝިފާ ވިދާޅުވީ މި ވަގުތު ޑިސްއިންފެކްޓު ކުރަމުން ދަނީ ހަމައެކަނި މާލޭގެ މަގުތައް ކަމަށާއި، އިތުރު ތަންތަން ޑިސްއިންފެކްޓު ކުރަން ޖެހޭ ނަމަ އެޗްޕީއޭއިން އިރުޝާދު ދޭނެ ކަމަށެވެ.

ޝިފާ އިތުރަށް ވިދާޅުވީ ލޮކްޑައުނަކަށް ދާން ޖެހޭ ހާލަތެއްގައި ފިހާރަތައް ހިންގާނެ ގޮތުގެ މައުލޫމާތު ވަނީ އެއްކުރެވިފައި ކަމަށެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އިރު އޭގެތެރިން ފަސް މީހަކު ވަނީ މި ބަލިން ފަސޭހަވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް