ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ހުރެގެން މާހާ ނަމަކަށް ކިޔާ ސަފާރީއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫޫކް އަޒީޒް ވިދާޅުވީ އެ ސަފާރީން ޝައްކު ކުރެވޭ އަލާމާތްތައް ފެންނަމުންދަނީ ބިދޭސީއެއްގެ ފަރާތުން ކަމަށެވެ. އެ ސަފާރީގައި ތިބީ ތިން ބިދޭސީންނާއި ދެ ދިވެހިންނެވެ.
މިވަގުތު ސަފާރީ އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އަދި ސަފާރީ ބަނދަރުކޮށްފައި އޮތީ ހުޅުމާލޭ ކައިރީގައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖެއިން ކޮޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހުން ފެނުން ކޮންޓްރޯލްވަމުންދާއިރު މިވަގުތު މޮނިޓަރިން ގައި އޮތީ ދެ ބިދޭސީއަކަށް ޝައްކު ކުރެވިގެން ރީތި ބީޗް ރިސޯޓާއި އައިލެންޑް ސަފާރީ އަދި އީކުއޭޓާ ސަފާރީ އެވެ.
އެކަމަކު އެޗްޕީއޭއިން ބުނީ މިވަގުތަށް ރާއްޖެ ކޯވިޑް-19 ގައި ހިމޭންވެފައި އޮތް ނަމަވެސް އާންމުން އެކަން އާދައިގެ ކަމަކަށް ނުނެގުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް