ފުޑް ކޯޓުތަކުން ދައްކަންޖެހޭ ކުލި މައާފްކޮށްދީފި

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް( ކޯވިޑް-19) އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކެފޭ އަދި ރެސްޓޯރެންޓުތަށް ބަންދު ކޮށްފައި ހުންނަ ދުވަސްތަކުގައި  ކާބޯތަކެތީގެ ހިދުމަތް ދެމުން އ...

24 Mar 2020 | 16:17

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް( ކޯވިޑް-19) އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކެފޭ އަދި ރެސްޓޯރެންޓުތަށް ބަންދު ކޮށްފައި ހުންނަ ދުވަސްތަކުގައި  ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ފުޑް ކޯޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތައް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުޑްކޯޓުތަކުގެ ވިޔަފާރީ ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން ސަރަކާރުން އެކަމުގައި އެހެން ގޮތެއް ނިންމަވަންދެން މިހިނގާ މުއްދަތުގައި ފުޑްކޯޓުތަށް ދައްކަން ޖެހޭ ކުލި މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ ނިންމުން ތަންފީޒު ކުރަން ޖެހޭ މުއްދަތަށް ކުލި ނުނަގަން ނިންމުމުން ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ފަސޭހަވާނެ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 12:00 އިން ފެށިގެން މާލޭގެ ހުރިހާ ރެސްޓޯރަންޓްތަކާއި ކެފޭތައް ބަންދު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންނަމަވެސް، އެ މުއްދަތުގައި، ޓޭކްއަވޭގެ ހިދުމަތް ރެސްޓޯރަންޓްތަކަށް ދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް