ކަރަންޓީން ކުރަން ބޭނުން ކުރާ އެޗްއައިއެޗް ހުސްކޮށް އައިސޮލޭޝަން ފެސިލިޓީއަކަށް

ހުޅުލޭ އައިލެންޑް ހޮޓެލްގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ތިބި މީހުން ހުސްކޮށް އައިސޮލޭޝަން ފެސިލިޓީއަކަށް އެތަން ބަދަލު ކުރަން ނިންމައިފި އެވެ. ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް...

24 Mar 2020 | 12:33

ހުޅުލޭ އައިލެންޑް ހޮޓެލްގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ތިބި މީހުން ހުސްކޮށް އައިސޮލޭޝަން ފެސިލިޓީއަކަށް އެތަން ބަދަލު ކުރަން ނިންމައިފި އެވެ.

ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިވަގުތު އެތަނުގައި137 މީހަކު ކަރަންޓީން ކޮށްފައި އެބަތިބި ކަމަށެވެ. އެމީހުން ބަދަލު ކުރާނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރާ ރިސޯޓުތަކަށެވެ.

އެކަމަކު ބަދަލު ކުރާއިރު ދިގު މުއްދަތަކަށް އެއްވެސް ބައްޔަކަށް ބޭސްކުރާ މީހުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ އިތުރަށް އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން އެ މީހުން ބަދަލުކުރަނީ ވީހާ ވެސް މާލެއާ ކައިރި ރިސޯޓުތަކަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މި ބަދަލު ގެންނަ ސަބަބު ހާމައެއް ނުކުރައްވަ އެވެ. ކުރިން އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރި ފަރުކޮޅުފުށި މަރާމާތަށް ހުސް ކުރުމަށް ފަހު އެތަނުގައި ކޮވިޑް ޖެހިގެން ފަރުވާދެމުންދިޔަ އެންމެން ވަނީ އއ. ވެލިދޫ އައިލެންޑް ރިސޯޓަށް ބަދަލުކޮށްފައި އެވެ.

މިވަގުތު ކަރަންޓީން ފެސިލިޓީގެ ގޮތުގައި އަށް ރިސޯޓާއި ގެސްޓު ހައުސްއެއް ބޭނުން ކުރަމުން އެބަދެ އެވެ. އަދި އެ ތަންތަނުގައި574 މީހުން ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް