ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުމުގެ ބިރު އޮތަސް ގައިދީން ދޫކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށް ތަރުޖަމާނު އަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
ކޮރޯނާ ވައިރަސް ނުރައްކާތެރިކަން މިންވަރަކަށް ފެތުރި ވައިރަސް ޖަލުތަކުގައި ފެތުރެން ފެށުމުން ބައެއް ގައުމުތަކުގައި ވަނީ އެތައް ހާސް ގައިދީންނެއް މިނިވަންކޮށްފައި އެވެ.
މިކަމާ ގުޅޭގޮތުން މަބްރޫކް ވިދާޅުވީ ގައިދީން މިނިވަން ކުރުމުގެ ވިސްނުން ސަރުކާރުގައި ނެތް ކަމަށާއި އޭގެ ބަދަލުގައި ހޯމް މިނިސްޓްރީން ދަނީ ޖަލުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ވަރުގަދަ ކުރަމުން ކަމަށެވެ. އެގޮތުން ޖަލުތަކަށް ވަންނަ އިރު ޓެމްޕަރޭޗާ ބެލުމާއި ޖަލުތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް މިހާރު ގަވައިދުން ކުރަމުންދާ ކަމަށެވެ.
ޖަލުތައް ޑިސްއިންފެކްޓުކޮށް ޖަލުތައް ސަލާމަތީ ގޮތުން އިތުރަށް ވަރުގަދަ ކުރަން ފެށުމުން މި ފަހުން ވަނީ ޖަލުތަކުގައި ގައިދީންނާއި އޮފިސަރުންނާއި ދެމެދު ހަމަނުޖެހުން ހިިނގާފަ އެވެ. އަދި ޖަލު އޮފިސަރުންނަށް މަގުމަތިން ހަމަލާ ދިނުމުގެ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައި އެވެ.
ވައިރަސް ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން ވަނީ މުޅި ރާއްޖޭގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް