ކޯވިޑް-19: ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންލައިންކޮށް ބާއްވަން ނިންމައި، 19 ވަނަ މަޖިލިސް ތާރީހުގެ ތެރެއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ. މަޖިލީހުގެ ދިގު ތާރީހުގައި މިފަދަ ގޮތަކަށް މަޖިލިސް ބާއްވަން ނިންމި މިއީ ފުރަތަމ ފަހަރު ކަމަށްވާއިރު މި ނިންމުން ...

24 Mar 2020 | 09:43

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މަޖިލީހުގެ ދިގު ތާރީހުގައި މިފަދަ ގޮތަކަށް މަޖިލިސް ބާއްވަން ނިންމި މިއީ ފުރަތަމ ފަހަރު ކަމަށްވާއިރު މި ނިންމުން ނިންމާފައިމިވަނީ ކޯވިޑް-19 ފެތުރުނަ ނުދޭން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އެހެންކަމުން ދެ މަޖިލީހުގެ ޖަލްސާތައް މި ހާލަތުގައި ކުރިއަށްގެންދަން ނިންމާފައިވަނީ މަޖިލިސް މެމްބަރުން ގޭގައި ނުވަތަ އެ ތިބި ތަނެއްގައި ތިބެގެންނެވެ.

މި ނިންމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިމިވަނީ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި، ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ކޯވިޑް-19 އިން ގައުމު ސަލާމަތް ކުރުމަށް ސަރުކާރުން އެންމެ ބޮޑަށް ބާރު އަޅަނީ "ސޯޝަލް ޑިސްޓެންސިން" ބެހެއްޓުމަށެވެ. އެގޮތުން ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުދިއުމަށް ސަރުކާރުން އިލްތިމާސް ކޮށްފައިވާއިރު ރިސޯޓްތަކުގެ މުވައްޒަފުން ރިސޯޓުން ބޭރުވުން އަދި ރިސޯޓަށް ދިއުން ވަނީ މަނާކޮށްފައެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ "ޑައިން-އިން" ވަނީ މަނާކޮށްފައެވެ. ޖަމާއަތުގައި މިސްކިތްތަކުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް