ގައުމު ކޮންމެ ހާލަތަކަށް ދިޔަކަމުގައި ވިއަސް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި މުވައްޒަފުންގެ މަސައްކަތު ގަޑިތަކަށް ބަދަލުގެނަން އެސްޓީއޯއިން ނިންމައިފިއެވެ.
އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ، ހުސެން އަމްރު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެސްޓީއޯއަކީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ފޯރުކޯށްދޭ މައި ކުންފުނިކަމުން އެސްޓީއޯގެ ހިދުމަތްތައް ފޯރުކޮށްނުދީ ބަންދުކުރެވެން ނެތްކަމުގައެވެ. އެހެންކަމުން ހުއްޓުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތްތަށް ރޭވިފައިވާކަމަށާއި ޓޯޓަލް ލޮކްޑައުނަކަށް ގޮސްފިނަމަ އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތްތައް ދެނެގަނު މިހާރު ރޭވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންގޮސްފިނަމަ ކުރިމަތިވާނެ ކަންތައްތައް ދެނެގަތުމުގެ ގޮތުން މިއަދު މަސައްކަތްތައް ކުރިއަށް ދާނެ ގަޑިތަކުގައި ޑްރިލްއެއް ކުރިއަށް ދާނެ ކަމަށް އަމްރުގެ ޓްވިޓްގައި ވިދާޅުވިއެވެ.
މީގެ އިތުރުން، އަމްރު ވަނީ ހުރިހާ މުވައްޒަފުން އެއްކޮށް ނުކުމެ މަސައްކަތް ކުރަނިކޮށް، އެންމެ މުވައްޒަފަކު ބަލިވިނަމަވެސް ހުރިހާ މުވައްޒަފުން ކަރަންޓީނު ވާނެކަން ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ކަންތައް ދިމާވާ ހާލަތުގައިވެސް އެސްޓީއޯގެ ހިދުމަތްތަކަށް ބުރުނާރާނެ ގޮތަކަށް އެސްޓީއޯގެ ގުދަންތަކުން ކާޑު ވިއްކުމާއި، ހޯމް އިމްޕްރޫވްމެންޓް ހުޅުވާފައި ހުންނަ ގަޑިތަކަށް ބަދަލުގެނަސް، ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ރާވާފައިވާކަމަށެވެ.
މިއަދު އެސްޓީއޯގެ ހިދުމަތްތައް ލިބިގެންދާނެ ގަޑިތަކަކީ:
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފުޑްސް، ހެނދުނު 8:00 އިން ހަވީރި 04:00 އަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، މެންދުރުފަހު 14:00 އިން ފެށިގެން ރޭގަނޑު 10:00 އަށް އެސްޓީއޯ އިން ވަނީ ޕޭމަންޓް އަދި އިންވޮއިސްތަކަށް ފައިސާ އެސްޓީއޯ ބީއެމްއެލް އެކައުންޓް ނަމްބަރު 7701100471014 އަށް ޖަމާކުރުމަށާއި ޕޭމަންޓްގެ ތަފްސީލް އީމެއިލް [email protected] ކުރުމަށް ބުނެފައެވެ.
https://twitter.com/HusenAmr/status/1242331483357859840
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް