ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފިއެވެ.
އެ އެއާލައިނުން ބުނީ ރާއްޖެއަށް އަންނަ ދަތުރުތައް މެދުކަނޑާލަން ނިންމީ ދަތުރުތަކުގެ ޑިމާންޑު ދަށްވުމުންކަމަށެވެ.
ޓާކިޝް އެއާލައިންގެ ފްލައިޓްތައް އައުން ހުއްޓާލާފައި ވަނީ މާޗް މަހުގެ 23 ވަނަ ދުވަހުން އޭޕްރިލް މަހުގެ 16 ދުވަހުގެ ނިޔަލަށެވެ.
މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަންނަ ގިނަ ފްލައިޓްތަކެއް މިހާރު ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
އެގޮތުން ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތައް ކަމައްވާ، ސިންގަޕޯ އެއާލައިން، އިއްތިހާދު އަދި އެމިރޭޓްސް އިން ވެސް ވަނީ ރާއްޖެއަށް ކުރަމުން އައި ދަތުރުތަށް ހުއްޓާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް