ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީއަށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަނުކުރައްވައިފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީއަކީ މާޗް 19 ގައި ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުންއިން އިންތިޒާމުކުރި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން" ގައި އެކުލަވައިލުމަށް ނިންމި ކޮމިޓީއެއް ކަމަށެވެ.
މިކޮމިޓީއަކީ ކޯވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމައްޓަކައި ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުން އެކުލަވާލިވި ކޮމިޓީއެކެވެ.
މި ކޮމިޓީގައި ހިމެނޭ ފަރާތްތަކުން ވީޑިއޯ ކޯލް މެދުވެރިކޮށް ބައްދަލުވުންތައް ބާއްވާނެއެވެ. އަދި ޤައުމުތަކުގެ ހާލަތުތައް ބަލާ ކުރެވެންހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް