ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް5،000 ފޭސް މާސްކު ހަދިޔާކޮށްފި އެވެ.
މި އެހީއާއި އެޗްޑީސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.
އެޗްޑީސީން ބުނީ މި ފޭސްކު މާސްކުތައް ބޭނުން ކުރާނީ އާންމު ތަންތަނުގައި ނުވަތަ މީހުންނާއި މުއާމަލާތް ކުރަން ޖެހޭ މުވައްޒަފުންކަމަށެވެ. އެގޮތުން މަގުމަތި ސާފު ކުރާ މީހުންނާއި ޑިސްއިންފެކްޓު ކުރާާ މީހުންގެ އިތުރުން ސަލާމަތާއި ރައްކާތެރި ކަމާއި ގުޅޭ މަސައްކަތްތައް ކުރާ މުވައްޒަފުން މި މާސްކުތައް ބޭނުން ކުރާނެ ކަމަށެވެ.
އެޗްޑީސީން ވަނީ އެ ކުންފުނިން ދިން މި ހަދިޔާއަށް ޝުކުރު އަދާކޮށްފައި އެވެ.
https://twitter.com/hdcmaldives/status/1241632399022346240
ސީއެސްސީއީސީގެ އިތުރުން ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ޑިވޮލޮޕްމެންޓް (ބީޔޫސީޖީ) ވަނީ އެމްއޭސީއެލްއަށް 50 އިލެކްޓްރޯނިކް މާސްކު ހަދިޔާ ކޮށްފައި އެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ ރާއްޖެއަށް ދިމާވާ ބޮޑެތި ހާދިސާތަކުން އަރައިގަތުމަށް ޗައިނާގެ ކުންފުނިތަކުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ޗައިނާ ސަރުކާރުންވެސް ދިވެހިންނަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދާއިރާއަކުން އެހީވެދޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް