ކޯވިޑް-19 އިން ފަސް މީހުން ރަނގަޅުވި ހަބަރާއެކު ސިޔާސީ އަރައިރުން ގަދަވެއްޖެ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެ އެވެ.
މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ފަސް މީހަކު ރަނގަޅުވެފައި ވާކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް އިތުރުވާން ފެށުމުން އިދިކޮޅު ޕީޕީއެމްއިން ވަނީ ބަލި ކޮންޓްރޯލް ކުރުމާއި ބަލިން މީހުން ސަލާމާތް ކުރަން އަޅަމުންދާ ފިޔަވަޅުތަކަކީ އިދިކޮޅުން ކުރަމުންދާ ޕްރެޝަރާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް ބުނެފަ އެވެ.
މިކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ރީކޯ މުސާ ވިދާޅުވީ ކޯވިޑް-19 ރޯގާއިން ފަސް މީހުން ރަނގަޅުވި ހަބަރާއެކު ސިޔާސީ އަރައިރުން ގަދަވެއްޖެ ކަމަށެވެ. އެކަމަކު މި ބަލި ކޮންޓްރޯލް މި ކުރެވެނީ މިގައުމުގައި ތިބި ސިޔާސީ މީހުން އެކަނި ރަނގަޅަށް ކަންކޮށްގެން ނޫން ކަމަށެވެ.
އޭނާ ވިދާޅުވެފައިވަނީ ފިތުނަ ފަސާދައިން ސަލާމާތްވެ މާތް ﷲ އަށް ޝުކުރު ކުރަން ދަސް ކުރަން ޖެހޭ ކަމަށެވެ. އަދި މިބަލި މަޑުކަމުން މިންޖުވާން އުޅެންޖެހޭ ކަމަށް ވިދާޅުވި އެވެ.
https://twitter.com/ReekoMoosa/status/1242297562205319168
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް