އެހީތެރިކަން ބޭނުން ވެއްޖެ ހާލަތެއްގައި ގައުމީ އެއާލައިން އޮތީ ތައްޔާރަށް: ރިޒްވީ

ދުނިޔޭގައި މިހާރު ފެތުރެމުންދަ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި އެހީތެރިކަން ބޭނުން ވެއްޖެ ހިނދެއްގައި، ގައުމަށް ހިދުމަތް ކޮށްދިނުމަށް އައިލެންޑް އޭވިއޭޝަ...

24 Mar 2020 | 04:42

ދުނިޔޭގައި މިހާރު ފެތުރެމުންދަ ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި އެހީތެރިކަން ބޭނުން ވެއްޖެ ހިނދެއްގައި، ގައުމަށް ހިދުމަތް ކޮށްދިނުމަށް އައިލެންޑް އޭވިއޭޝަން ސާވިސް އޮތީ ތައްޔާރަށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ރިޒްވީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން އެހީތެރިކަން ބޭނުން ވެއްޖެ ހާލަތެއްގައި އެކުންފުނިން އޮޕަރޭޓު ކުރާ ކާގޯ ފްލައިޓުތަކާއި މުވައްޒަފުން ތިބީ އެކަމަށް ތައްޔާރީ ހާލަތުގައި ކަމަށެވެ. އެކުންފުންޏާ އެކު މަސައްކަތް ކުރާ ރާއްޖޭގެ އެހެން އެއާލައިންތަކުން ވެސް އެކަމަށް ތައްޔާރަށް ތިބި ކަމަށް ރިޒްވީގެ ޓްވީޓްގައި ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް