އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ މުވައްޒަފަކު މަރުވީ ކޯވިޑް-19 ޖެހިގެން ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
އޭނާ މަރުވި ހަބަރާއި އެކު ގިނަ ބަޔަކު ވަނީ އެމީހާ މަރުވީ ކޯވިޑް-19 ގައި ބުނަން ފަށާފައި އެވެ.
މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ އެމީހާ މަރުވެފައިވަނީ ގުދުރަތީ މަރަކުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ ބޭރު ފުށުން ބަލީީގެ އަލާމާތެއް ފެންނަން ނެތުމުން ނެވެ،
މީގެ އިތުރުން އެމީހާ އަކީ ދިގު މުއްދަތަކަށް ފަރުވާ ހޯދަމުންދާ މީހަކަށްވާތީ އެ މަރާއި ކޯވިޑް-10 އާއި ގުޅުމެއް ނެތް ކަމަށް ބުނެވިދާނެ ކަމަށެވެ.
އެހެންވެ މި މައްސަލަ ތަހުގީގު ކުރާނީ ވަކި ހާއްސަަ މައްސަލައެއްގެ ގޮތުގައި ނޫން ކަމަށް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން މި މައްސަލައިގަ އަމަލު ކުރާނީ ކުއްލިއަކަށް މަރުވާ މީހުންގެ މައްސަލަތައް ބެލުމުގައި އަމަލު ކުރަމުންދާ އުސޫލުންނެވެ.
އޮޅުވެލި ބީޗު ރިސޓޯގައި މިއަދު މަރުވެފަ އޮއްވަ ފެނުނީ އެ ރިސޯޓުގައި މަސައްކަތް ކުރާ53 އަހަރުގެ ސްރީލަންކާ ފިރިހެނެކެވެ. އެމީހާ މަރުވެފަ އޮއްވަ ފެނުނީ އޭނާގެ ކޮޓަރިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް