ކޯވިޑް-19 ވެކްސިން ދިން މީހުންގެ އަދަދަު ލައްކައަކަށް އަރަން ކައިރި ވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު ރާއްޖެއިން 5،755 މީހަކަށް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 3،123 މީހަކަށް މާލެ ސަރަހައްދުގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި މިއަދު ވެކްސިން ދީފައިވަނީ 2،632 މީހުންނަށެވެ.
ޖުމްލަ މިހާތަނަށް ރާއްޖޭގައި 90،865 މީހަކަށް ވެކްސިން ދީފައިވެ އެވެ. އެއީ މާލެއިން 64،900 މީހުންނާއި އަތޮޅު ތެރެއިން 25،955 މީހުންނަށް މިހާތަނަށް ވެކްސިން ދީފައި ވެއެވެ.
މިއަދު ކޯވިޑް ވެކްސިން ދީފައިވަނީ އަތޮޅު ތެރޭގައި 169 ހޮސްޕިޓަލެއްގައި އެވެ، އަދި މާލޭގައި ކުރިއެކޭވެސް މާލޭގަ ވެކްސިން ދީފައިވަނީ ނުވަ ސެންޓަރެއްގައި އެވެ.
ރާއްޖޭގައި ކޯިޑް-19 ވެކްސިން ދޭން ފަށާފައި ވަނީ މިމަހުގެ އެއް ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް