މާލެއިން 94 މީހުންނާއި އެކު 124 މީހުން ކޯވިޑަށް ޕޮސިޓިވް

ރާއްޖެއިން އިތުރު 124 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން، 94 މީހުން، ރިސޯޓުތަކުން 15 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން ނުވަ މީހުންނެވެ. ދެން ޕޮސިޓިވްވެ...

24 Feb 2021 | 17:34

ރާއްޖެއިން އިތުރު 124 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން، 94 މީހުން، ރިސޯޓުތަކުން 15 މީހުންނާއި އިންޑަސްޓްރިއަލް ރަށްތަކުން ނުވަ މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ފަސް މީހުންނާއި ސަފާރީތަކުން އެކަކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައިވަނީ 4،237 ސާމްޕަލެވެ.

މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،449 މީހުންނަށެވެ. އޭގެ ތެރެއިން 162 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިއަދުގެ ނިޔަލަށް 16،646 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. މި ބަލީގައި މަރުވެފައިވަނީ 60 މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހިފައިވަނީ 19،162 މީހުންނަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް