މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކަރީމް ބެންޒެމާ ވެސް ހިޖާމާ ޖަހައިފި

ހިޖާމާ ޖެހުމަކީ އަޅުގަނޑުމެން ދިވެހިންގެ އިތުރުން މުޅި ދުނިޔޭގައިވެސް އެތަކެއް ބައެއް ކުރަމުން އަންނަ ކަމެކެވެ. އެހެނީ އެތައް ބައްޔެއްގެ ފަރުވާއެއްކަމަށްވާ މިކަމަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞއވ)ގެ ސު...

24 Feb 2021 | 16:43

ހިޖާމާ ޖެހުމަކީ އަޅުގަނޑުމެން ދިވެހިންގެ އިތުރުން މުޅި ދުނިޔޭގައިވެސް އެތަކެއް ބައެއް ކުރަމުން އަންނަ ކަމެކެވެ. އެހެނީ އެތައް ބައްޔެއްގެ ފަރުވާއެއްކަމަށްވާ މިކަމަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞއވ)ގެ ސުންނަތުންވެސް ސާބިތުވާ ކަމެކެވެ. އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާގޮތުން ހިޖާމާ ޖެހުމަކީ އެންމެ މޮޅު ފަރުވާއެވެ.

އެގޮތުން ދުނިޔޭގެ އެންމެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސްޕެއިންގެ ރެއާލް މެޑްރިޑްުގެ ފޯވާޑް ކަރީމް ބެންޒެމާވެސް ވަނީ ހިޖާމާގެ ފަރުވާ ހޯދާފައެވެ.

ހިޖާމާ ޖެހުމަށްފަހު ބެންޒެމާ ބުނީ މިކަމަކީ ކުރުން އެންމެ ރަނގަޅުކަމެއް ކަމަށާއި ހިޖާމާ ޖެހީ މިކަމުން އެތައް ފައިދާތަކެއް ލިބޭކަމެއްކަމަށް ވުމުން ކަމަށެވެ. އަދި މީގެ އިތުރުން ބެންޒެމާ ބުނީ ހިޖާމާ ޖެމުމަކީ ކީރިތި ރަސޫލާ މުޙައްމަދު (ޞއވ)ގެ ސުންނަތުންވެސް ސާބިތުވާ ކަމެއްކަމަށާއި އެގޮތުން އެކަލޭގެފާނު ހަދީޘް ކުރައްވާފައިވާގޮތުން ހިޖާމާ ޖެހުމަކީ އެންމެ މޮޅު ފަރުވާކަމަށެވެ.

" އަހަރެން ހިޖާމާ ޖަހަން ނިންމީ މިއީ ރަނގަޅު ކަމަކަށް ވާތީ، އަދި އެއީ ކީރިތި ރަސޫލާ މުޙައްމަދު (ޞއވ)ގެ ސުންނަތުންވެސް ސާބިތުވާ ކަމެއްކަމަށްވާތީ. ބެންޒެމާ ބުންޏެވެ.

ބެންޒެމާގެ އިތުރުން ދުނިޔޭގެ ގިނ މަޝަޙޫރު އެތްލީޓުންވެސް ވަނީ ހިޖާމާގެ ފަރުވާ ހޯދާފައެވެ. އޭގެ ތެރޭގައި ބޮކްސިންގް އާއި ރެސްލިންގް ގެ ދުނިޔޭގައި މަޝްޙޫރު ފަރާތްތައް ހިމެނެއެވެ.

ހިޖާމާ ޖެހުމަކީ މީގެ އެތައް ޤަރުނެއް ކުރިން ކުރަން އަންގަވާފައިވާ ކަމެއްގެ ފައިދާ މިހާރު ސައިންސްގެ އަލީގައި މިދަނީ ހާމަވަމުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހިޖާމާ ޖެހުމަކީ އެތައް ބައްޔެއްގެ ފަރުވާއެކެވެ.

ގިނަ ބަލިތަކެއްގެ ފައިދާއަށް ހިޖާމާ ޖެހުން ވާއިރު، ކަމަށް ޤާބިލު އަދި ތަޖުރިބާކާރު މީހެއް ލައްވާ ހިޖާމާޖެހުމަށް ސަމާލުކަން ދޭށެވެ. ހިޖާމާ ޖެހުމަށް ބޭނުންކުރާ ކައްޓާއި ކަޕް ސެޓަކީ އެހެން މީހަކު ބޭނުންކޮށްފައިނުވާ ތަކެތިތޯ ޔަގީންކުރާށެވެ. ހިޖާމާ ޖެހުމަކީ ވަކި ޖިންސަކަށް އޮތް ކަމެއް ނޫނެވެ.

މާބަނޑު އަންހެނުންނާއި ހައިޟުވެފައިވާ އަންހެނުން، މެޓަސްޓެޓިކް ކެންސަރު ޖެހިފައިވާ މީހުން އަދި ހަށިގަނޑުގެ ކައްޓެއް ބިނދިފައިވާ މީހުން ހިޖާމާ ޖެހުން ރައްކާތެރިއެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް