"މި މަހުގެ 29 އަދި 30 ލޮކްޑައުން": ސަމާސާއަކަށް ވިޔަސް ދައްކާ ކަހަލަ ވާހަކައެއް ނޫން

މި މަހުގެ 29 އަދި 30 ލޮކްޑައުން ކުރާ ވާހަކަ ޖޯކެއްގެ ގޮތަށް މީސްމީޑިޔާގައި ބައެއް ފަރާތްތަކުން ހިއްސާކުރަމުން އެބަ ގެންދެއެވެ. ފެބްރުއަރީ މަހުގައި އަންނަނީ 28 ނުވަތަ 29 ދުުވަހެވެ. މި އަހަރު އަންނަނީ 2...

24 Feb 2021 | 16:12

މި މަހުގެ 29 އަދި 30 ލޮކްޑައުން ކުރާ ވާހަކަ ޖޯކެއްގެ ގޮތަށް މީސްމީޑިޔާގައި ބައެއް ފަރާތްތަކުން ހިއްސާކުރަމުން އެބަ ގެންދެއެވެ. ފެބްރުއަރީ މަހުގައި އަންނަނީ 28 ނުވަތަ 29 ދުުވަހެވެ. މި އަހަރު އަންނަނީ 28 ދުވަހެވެ. އެހެން ކަމުން، 29 އަދި30 ދުވަހެއް ނާންނާނެއެވެ.

ކަން މިހެންހުރިއިރު، ސަމާސާ އަކަށް ހަދައިގެން ނުވަތަ ޖޯކެއްގޮތަށް މި ލިޔުންކޮޅު މީސްމީޑިޔާގައި މީހުން އެބަ ހިއްސާކުރަމުން ދެއެވެ. އެއްވެސް ފޮޓޯއެއް ނުޖަހާ، ހަމައެކަނި "ބްރޭކިންގް ނިއުސް" ޖެހުމަށް ފަހު ލިޔެފައި ވަނީ، ފެބްރުއަރީ29 އަދި30 ވަނަ ދުވަހު ފުލް ލޮކްޑައުން އަކަށް ދާނެ ކަމަށެވެ. އެހެންކަމުން ކާ އެއްޗެހި ގަނެ ރައްކާ ކުރުމަށް މި ޕޯސްޓްގައި އިލްތިމާސް ކޮށްފައި ވެއެވެ.

ވިސްނާލަން ވީ ތަންކޮޅަކީ، މަޖަލަކަށް ވިޔަސް ދައްކަން ވާނީ ހަމަ ހަގީގަތުގައި ވެސް މަޖާ ވާހަކަ ކަމެވެ. ކޮވިޑްގެ ނުރައްކާ މުޅި ދުނިޔެއަށް ވެސް ކުރިމަތި ވެފައިވާއިރު އަދި އެތައް ބައެއްގެ ފުރާނަ މި ދުނިޔެއާ ވަކިވެގެން ގޮސްފައި ވާއިރު، މިކމާ ގުޅުވައިގެން ޖޯކް ހަދައި މީސްމީޑިޔާގައި ފެތުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ބާވައެވެ.

ގިނަ ފަހަރަށް ގިނަ މީހުންނަކީ ހަމަ ޕޯސްޓެއް ފެންނައިރަށް އޭގައި އޮންނަ ވާހަކަ ގަބޫލުކުރާ ބައެކެވެ. އޭގެ އިތުރު ތަފްސީލު ނޭނގުނު ކަމަށް ވިޔަސް އަދި އޭގައި އޮންނަ އެއްޗެއް ރަނގަޅަށް ނުކީ ކަމަށް ވިޔަސް، އެ ވާހަކައެއް ގަބޫލު ކުރާނެއެވެ. ޕޯސްޓް ބަލައިލާ އެއް ނަޒަރުން، މި މަހުގައި 29 އަދި 30 ދުވަސް ނާންނާނެކަން އެންމެންނަކަށް ވިސްނައެއް ނުގަނެވޭނެއެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް މި ޕޯސްޓް އެންމެ ފުރަތަމަ ފެނުމާއެކު ގަބޫލު ކުރުން ވެސް އެކަށީގެންވެއެވެ. އަދި އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާއެއް ނުކުތުން ވެސް އެއީ ދުރުގައި ވާ ކަމެއް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް