މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ތެރެއިން ފުލޫނިޔާ މަގުގެ ބްލޮކް 2 ގެ މަސައްކަތް މިއަދު ފަށައިފި

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ދަށުން ހަދާ ފުލޫނިޔާ މަގުގެ ބްލޮކް 2 ގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި ޝަހީދުއަލީ ހިނގުމުގެ ބްލޮކް 2 ގެ މަސައްކަތްވެސް މިއަދު ފަށާފައިވާއިރު މިމަގުގެ ސައިޑް...

24 Feb 2021 | 14:24

މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫއުގެ ދަށުން ހަދާ ފުލޫނިޔާ މަގުގެ ބްލޮކް 2 ގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި ޝަހީދުއަލީ ހިނގުމުގެ ބްލޮކް 2 ގެ މަސައްކަތްވެސް މިއަދު ފަށާފައިވާއިރު މިމަގުގެ ސައިޑް ވޯކް ގެ މަސައްކަތްތައް ވަނީ ނިމިފައެވެ.

މިމަޝްރޫއުގެ ދަށުން ފުލޫނިޔާ މަގުގެ ބްލޮކް އެކެއްގެ މަސައްކަތް ނިމި މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

މިއަދު ފެށި މަގުގެ މަސައްކަތް ގާތްގަނޑަކަށް ދެ ހަފްތާ ތެރޭގައި ނިންމާލެވޭތޯ މަސައްކަތް ކުރާ ކަމަށް އާރްޑީސީ އިން ބުނެއެވެ.

'ދުވަސް' އަށް މައުލޫމާތު ދެއްވަމުން، އާރްޑީސީގެ މެނޭޖަރ އޮފް ޕްރޮޖެކްޓް މޮނިޓަރިންގް އެންޑް ކޮލިޓީ ކޮންޓްރޯލް އަލީ ހުމާމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެތަނުގައި ހުރި ގާތައް ނަގައި، އަޑި ކޮނުމުގެމަސައްކަތް ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީއާގުޅިގެން، އެމްޑަބްލިޔުއެސްސީގެ ނެޓްވޯކް އަޕްްގްރޭޑިންގްގެ މަސައްކަތްތަކާ އެކުގައި ކުރިއަށް ދާ ކަމަށެވެ.

" އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރަނީ ފްލޫނިޔާ މަގާ، މުނިޔާމަގުގަ އިންތަންކޮޅު" ބްލޮކް 2 އެއީ މި ހިސާބުކަމަށް ހުމާމް ވިދާޅުވިއެވެ.

" ކުރިން އާރްޑީސީގެ ފަރާތުން ކުރިއަށް ގެންގޮސްފައި ވަނީ ކަނބާއައިސާ ރަނި އާއި ޝަހީދުއަލީއާއި ދެމެދު" އެ މަގުގެ މަސައްކަތް ނިންމުމަށްފަހު މިހާރު އާރްޑީސީ އިން މަސައްކަތް ކުރަމުން ދަނީ ބްލޮކް 2 ގެ މަސައްކަތެވެ.

އާރްޑީސީއިން މި ހަދަމުންދާ މަގުތަކުގައި، އެމްޑަބްލިޔުއެސްސީގެ ނެޓްވޯކް އަޕްގްރޭޑިންގް ގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އާ ކުރިއަށް ދާ ކަމަށް ކަމަށް ހުމާމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް