ނައިބު ރައީސް ފައިސަލް ނަސީމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓްކުރީ ހުން އައިސްގެން ކަމަށެވެ.
މިހާރު ކޯވިޑް-19 އަށް ނައިބު ރައީސް ޓެސްޓު ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ ކޯވިޑްގެ ނަތީޖާ ނެގެޓިވް ކަމަށެވެ. އަދި ހުން އައުން ފިޔަވާ ނައިބު ރައީސް ފައިސަލްގެ އިތުރު ސިއްހީ މައްސަލައެއް ނޫޅޭކަމަށް މަބްރޫކް ވިދާޅުވި އެވެ.
https://twitter.com/MvSpokesperson/status/1364565645845618688
ނަައިބު ރައީސް ކޯވިޑް-19 ވެކްސިން ޖައްސަވާފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. އެކަމަކު ވެކްސިން ޖެހުމުން އިތުރު ސިއްހީ މައްސަލައެއް ކުރިމަތިވިކަން ހާމަކޮށްފައެެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް