ވޭމަންޑޫ އިންޖީނުގޭގައި ރޯވެ އިންޖީނުތައް ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެ

ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ތ. ވޭމަން...

24 Feb 2021 | 10:49

ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ތ. ވޭމަންޑޫ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫ ފަޔަރ ސްޓޭޝަނުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފެނަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގައި ކުއްލި ގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައި، ބޭނުން ނުކުރެވޭވަރަށް އިންޖީނުތައް އެނދުމާއި ގުޅިގެން އެ ރަށުގެ ކަރަންޓުގެ ހިދުމަތް ވަނީ ވަގުތީގޮތުން މެދުކެނޑިފައިކަމަށެވެ.

"މި ހިތާމަވެރި ހާދިސާއާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް، ނިހާޔަތަށް މާފަށް އެދެން އަދި ކަރަންޓުގެ ހިދުމަތް ވީ އެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަން" ފެނަކައިން ބުނެފައިވެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް