ޖޭއެސްސީން 17 ފަނޑީޔާރެއްގެ ސުލޫކީ މައްސަލަ ބަލަނީ

ޖޫޑީޝަލް ސާވިސް ކޮމިޝަނުން17 ފަނޑިޔާރެއްެ ސުލޫކީ މައްސަލަ ބަލަމުންދާކަން ހާމަކޮށްފި އެވެ. ޖޭއެސްސީން ބުނީ މި 17 ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ ކޯވިޑޮ-19 ގުޅިގެން ކޯޓުތަކުގެ މަސައްކަތްތައް ކުރިއަ...

24 Feb 2021 | 09:25

ޖޫޑީޝަލް ސާވިސް ކޮމިޝަނުން17 ފަނޑިޔާރެއްެ ސުލޫކީ މައްސަލަ ބަލަމުންދާކަން ހާމަކޮށްފި އެވެ.

ޖޭއެސްސީން ބުނީ މި 17 ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ ކޯވިޑޮ-19 ގުޅިގެން ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތާ ގުޅޭގޮތުން ސުޕްރީމް ކޯޓާއި އެ ކޮމިޝަނުން ނެރުނު ސާކިއުލާއާ ހިލާފަށް އަމަލު ކޮށްފައިވާތީ ކަމަށެވެ. ކޯވިޑާ ގުޅިގެން ސަރުކާރު ބަންދުކުރި ނަމަވެސް މެދުކެނޑުމަކާ ނުލައި ކޯޓުތަކުން ހިދުމަތްތައް ފޯރުކޮށްދޭން އެ ސާކިއުލާގައި އަންގައިފައި ވެއެވެ.

ސުލޫކީ މައްސަލަ ބަލަން ނިންމި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިނމީ މި ސަބަބާއި ހެދި ކަމަށް ބުނެ އެވެ.\

ފިޔަވަޅުއަޅާ ފަނޑިޔާރުންގެ ތެރޭގައި ސިވިލް ކޯޓާއި ޑުރަގު ކޯޓުގެ ދެ ގާޒީއަކު ހިމެނެ އެވެ. އެއީ ސިވިލް ކޯޓްގެ ގާޒީ އާދަމް އިބްރާހިމް އިސްމާއީލް އާއި ޑްރަގް ކޯޓުގެ ގާޒީ ހުސައިން ޝަހާމަތު މާހިރެވެ.

ދެން ހިމެނީ ޅ. ކުރެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހިމާއި ދ. މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގާއި އެ އަތޮޅު ބަނޑިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރާއި މ. މުލީ ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފާއި ކ. ދިއްފުށީ ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދާއި ކ. ގުޅީ އިސް މެޖިސްޓްރޭޓް ހަންމާދު މުހައްމަދާއި ލ. ކުނަހަނދޫ އިސް މެޖިސްޓްރޭ އަބްދުލް މަޖީދާއި ހޯރަފުށީ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފާއި ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކާއި ވެލިދޫ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ އާއި ހެނބަދޫ އިސް މެޖިސްޓްރޭޓް އަހުމަދު ޝަރީފާއި ރ. ވާދޫ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދާއި އުނގޫފާރު އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގާއި ތުޅާދޫ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދާއި ކިނޮޅަހު އިސް މެޖިސްޓްރޭޓް އިބްރާހިމް ޒާހިރެވެ.

ސުލޫކީ އެކި މައްސަލަތަކުގައި ޖޭއެސްސީން މިދިޔަ އަހަރު ވަނީ ނުވަ ފަނޑިޔާރަކު ވަކިކޮށް ދެ ފަނޑިޔާރަކު ސަސްޕެންޑް ކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް