މޮރޮކޯ އަންހެނުން ހޯދައިދޭނެ ކަމަށް ބުނެ މަބްރޫކާއި ރައީސް އޮފީހުގެ މުވައްޒަފުންތަކެއްގެ ނަމްބަރު

މޮރޮކޯ އަންހެނުން ހޯދައިދޭ އެޖެންޓުންތަކެއްގެ ގޮތުގައި ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒާއި އެ އޮފީހުގެ އެހެން މުވައްޒަފުންގެ ތަކެއްގެ ފޯނު ނަމްބަރު ސޯޝަލް މީޑިއާގައި އާންމު ކޮށްފި އެވެ. މ...

24 Feb 2021 | 09:15

މޮރޮކޯ އަންހެނުން ހޯދައިދޭ އެޖެންޓުންތަކެއްގެ ގޮތުގައި ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒާއި އެ އޮފީހުގެ އެހެން މުވައްޒަފުންގެ ތަކެއްގެ ފޯނު ނަމްބަރު ސޯޝަލް މީޑިއާގައި އާންމު ކޮށްފި އެވެ.

މިގޮތަށް އިންސާނުންގެ ވިޔަފާރި ކުރުމަކީ ހިއުމަން ޓްރެފިކިން އާއި ގުޅުން ހުރި މައްސަލަތަކެވެ. އެ ޕޯސްޓުގައި ވަނީ މޮރޮކޯ އަންހެނުންތަކެއް ކަމަށްބުނެ ފޮޓޯތަކެއް އާންމުކޮށް އެތަނުން އަންހެނުން ހޯދަން ބޭނުންވާ މީހުން ގުޅާނެ ނަމްބަރުތަކެވެ.

މިމައްސަލައިގަ މިއަދު މަހުލޫފު ވިދާޅުވީ ރޭގައި އޭނާއަށް 80 އަށްވުރެ ގިނަ ފޯން ކޯލު އައި ކަމަށެވެ. އޭނާ ވިދާޅުވީ އެއީ މަޖަަލަކަށް ބަޔަކު ކުރި ނަމަވެސް ސިރިއަސް އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ދައުރުކުރި އެ ޕޯސްޓުގައި ތިބި އަންހެނުންނާ ކައިވެނިކުރަން ބޭނުންވެގެން ކަމަށް ބުނެ ދެ ގަޑިއެއްހާ އިރުތެރޭގައި އައި ފޯން ކޯޯލުތައް ގިނަ ކަމުން ފޯނު ނިއްވާލަން ޖެހުނު ކަމަށެވެ. މަބްރޫކު ވިދާޅުވީ މިފަދަ ކަންކަމަކީ އެންމެން ގުޅިގެން ހުއްޓުވަން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ އެ ޕޯސްޓު އާންމު ކުރުމުން ބައެއް މީހުން އެ ފޮޓޯއިން ވަކިވަކި އަންހެނުންގެ ފޮޓޯ އާއި މަބްރޫކްގެ ފޮޓޯ ޖައްސައިގެންވެސް ޕޯސްޓުތައް އާންމުކޮށްފައިވާތީ އެވެ.

މަބްރޫކެކޭ އެގޮތަށް އެ އޮފީހުގެ މުވައްޒަފުންގެ ތެރެއިން ނަމްބަރު ޖަހާފައިވާ މުވައްޒަފުންނަށްނަށްވެސް ގިނަ ފޯނު ކޯލުތަކެއް ދިޔަ ކަމަށްވެ އެވެ. އަދި ކޮންމެ އަގެއްގައިވެސް އޭގެން އަންހެނުން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި އަންހެނުން "ވިއްކާ" އަގަކީ 2،500 ޑޮލަރު ނުވަތަ 43،700 ރުފިޔާ ކަމަށް ޖަހާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް