ބަނޑުގައި ވަނީ އަންހެން ކުއްޖެއްކަން ދެނެގަނެވޭ ބައެއް ނިޝާންތައް

ކުޑަ ދަރިފުޅުގެ ޖިންސް ޔަގީންވާނީ 20 ހަފްތާއިން ހަދާ ސްކޭނަކުންނެވެ. ނަމަވެސް އަންހެން ކުއްޖެއްކަމަށް ލަފާކުރެވޭ ބައެއް ނިޝާންތައް ހުރެއެވެ. އަންހެން ކުދިންނާ ފިރިހެން ކުދިންގެ ވަރަށް ގިނަ ތަފާތުތަކެއ...

24 Feb 2021 | 07:01

ކުޑަ ދަރިފުޅުގެ ޖިންސް ޔަގީންވާނީ 20 ހަފްތާއިން ހަދާ ސްކޭނަކުންނެވެ. ނަމަވެސް އަންހެން ކުއްޖެއްކަމަށް ލަފާކުރެވޭ ބައެއް ނިޝާންތައް ހުރެއެވެ.

އަންހެން ކުދިންނާ ފިރިހެން ކުދިންގެ ވަރަށް ގިނަ ތަފާތުތަކެއް ހުރެއެވެ. އެގޮތުން އަންހެން ކުއްޖެއްނަމަ ހިތުގެ ވިންދު މިނެޓަކު140އަށް ވުރެ ގިނަވާނެއެވެ. އަދި އޮންނާނީވެސް ވައްކޮށެވެ.

ފުރަތަމަ12 ހަފްތާގައި 'މޯނިންގް ސިކްނެސް' ކުރިމަތި ވޭ ހެއްޔެވެ؟ އެއީ އަންހެން ކުއްޖެއް ލިބެން އުޅޭކަމުގެ ނިޝާނަކަށް ވެދާނެއެވެ. ނޫނީ މޭވާއާއި ޖޫސް އަދި ފޮނި އެއްޗެހި ކާ ހިތްވާ ނަމަ އެއީ ބަނޑުގައި އަންހެން ކުއްޖެއް އޮތުމުން ކުރިމަތިވާ ކަމަކަށް ވެދާނެއެވެ.

އިސްތަށިގަނޑަށް އަންނަ ބަދަލުތައް ފާހަގަ ކުރަން ހެއްޔެވެ؟ އަންހެން ކުއްޖެއް ލިބެން އުޅޭ ނަމަ ބައެއް މީހުންގެ އިސްތަށިގަނޑު ތުނިވެ ހަލާކުވާ ފަހަރު އާދެއެވެ. އަންހެން ކުދިން ލިބެން އުޅޭ މައިންނަށް މިއީ ހިތާމަވެރި ހަބަރެކެވެ.

ކުރިން ދަރިއެއް ލިބިފައި ވާ ނަމަ، އެކުއްޖާގެ ވާހަކަދެއްކުމާއި އެކުއްޖާ އެންމެ ފުރަތަމަ ކުރި ކަންތައް ހަނދާންކޮށްލާއެވެ. ފުރަތަމަ ދަރިފުޅުގެ ފުރަތަމަ ބަހަކީ 'މަންމަ' ކަމަށް ވާ ނަމަ، ބަނޑުގައި ތިއޮތީ އަންހެން ކުއްޖަކަށް ވުން އެކަށީގެން ވެއެވެ.

މި ނޫނަސް ބައެއް ނިޝާންތައް ހުރެއެވެ. ނަމަވެސް ދަރިފުޅުގެ ޖީންސް އަސްލު އެނގޭނީ ސްކޭނުންނެވެ. މިއީ ލަފާކޮށްލުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް