ލޯކަލްކައުންސިލް އިންތިހާބުގައި މިފަހަރު އެމްޑީޕީއަށް %45 އަށްވުރެ މަތިން ނުލިބޭނެ: ޓޮމް

ލޯކަލްކައުންސިލް އިންތިހާބުގައި މިފަހަރު އެމްޑީޕީއަށް %45 އަށްވުރެ މަތިން ނުލިބޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ. ޠާރިޤް ވިދާޅުވީ އުއްމީދުކުރައްވަނީ ރައްޔިތު...

24 Feb 2021 | 06:24

ލޯކަލްކައުންސިލް އިންތިހާބުގައި މިފަހަރު އެމްޑީޕީއަށް %45 އަށްވުރެ މަތިން ނުލިބޭނެ ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރ އަހްމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިޤް ވިދާޅުވީ އުއްމީދުކުރައްވަނީ ރައްޔިތުން އެގޮތަށް ނިންމާނެ ކަމަށެވެ. އަދި ހިސާބުޖައްސަވާއިރު އެގޮތަށް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ޓޮމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓޮމް ވިދާޅުވީ، 'ރައްވެހި ފަތިސް' ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު އިތުރުފުޅު ހެއްދެވި ކަމަށެވެ. އެގޮތުން، މިފަހަރުގެ އިންތިހާބުގެ %80 އެމްޑީޕީއިން ކާމިޔާބު ކުރާނެކަމަށް ރައީސް ވިދާޅުވި ނަމަވެސް، އެހެއްދެވެނީ އިތުރުފުޅެއްކަން ރައީސް އަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.

މީގެކުރިން 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްގެ އިންތިހާބާއި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުތީ އޭރުއޮތް ވެރިކަމާ ދެކޮޅަށް ކަމަށް ޓޮމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް