އައްޑޫ ސިޓީ ހުޅުމީދޫއިން ފެނުނު ކޯވިޑް-19 ގެ ދެ ވަނަ ކްލަސްޓާއިން އިތުރު މީހުން ޕޮސިޓިވްވާން ފަށައިފި އެވެ.
ހުޅުމީދޫގެ ފުރަތަމަ ކްލަސްޓާ އަކީ އެމްޓީސީސީ ސައިޓުގައި އުފެދނު ކޯވިޑް ކްލަސްޓާ އެެވެ. އެ ކްލަސްޓާއިން 26 މީހުން ޕޮސިޓިވްވި އިރު ގިނަ މީހުން މިހާރު ވަނީ ރަނގަޅުވެފައި އެވެ.
އެ ކްލަސްޓާ އާއި ގުޅިގެން ހުޅުމީދޫގައި މި ފަހުން 221 ރެންޑަމް ސާމްޕަލް ނެގި އެވެ. އެޗްއީއޯސީން ބުނީ އޭގެ ތެރެއިން ސާމްޕަލެއް ޕޮސިޓިވްވީ މިމަހުގެ21 ވަނަ ދުވަހު ކަމަށެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ އެ ކްލަސްޓާ އިތުރަށް ފުޅާވަމުންދާ ކަމަށެވެ. އެގޮތުން21 ވަނަ ދުވަހު ޕޮސިޓިވްވި މީހާގެ ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވިގެން21 މީހަކު ޓެސްޓު ކުރި ކަމަށެވެ.
އެ ކްލަސްޓާއިން މިހާތަނަށް ހަތް މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ހަ މީހުން ޕޮސިޓިވްވީ އިއްޔެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް