ރާއްޖޭއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 19ހާހަށް އަރައިފިއެވެ. އެގޮތުން އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ އަދާހަމަ ތަކަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 19038 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.
ކޮވިޑަށް އިއްޔެ ރާއްޖެއިން 108 މީހަކު ފައްސިވެފައި ވެއެވެ. އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި ފައްސިވި 108 މީހުންގެ ތެރެއިން 76 މީހަކު ފައްސިވެފައިވަނީ މާލެ ސަރަހައްދުންނެވެ. 12 މީހަކު ފައްސި ވެފައިވަނީ ރަށްރަށުންނެވެ. އަދި ރިސޯޓްތަކުން 20 މީހަކު ފައްސިވެފައި ވެފައިވެއެވެ.
މިއާއެކު ރާއްޖޭގައި މިހާރު މި ބައްޔަށް ފަރުވާ ކުރާ މީހުންގެ އަދަދަކީ 2429 އެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 167 އެެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 164 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭއިރު އަތޮޅުތެރޭގައި 3 މީހަކަށް ފަރުވާދެއެވެ. އެއީ ށ. ކޮވިޑް ފެސިލިޓީގައި ދެ މީހަކާއި އައްޑޫގައި ފަރުވާދޭ ބަލިމީހެކެވެ. މި އެންމެންނަކީ ވެސް ދިވެހިން ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
ކޮވިޑަށް ފައްސިވި ތިން މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން ދާއިރު، އެކަކު ވަނީ ވެންޓިލޭޓަރގައެވެ. މިހާތަނަށް ރާއްޖެއިން 60 މީހަކު ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް