ހަރަދު ކުޑަކުރުމަށްޓަކައި ޓީޗަރަކު 100 ދުވަހު އެއް ހެދުމެއް ލައިފިއެވެ. ޖޫލީ މޫނޭ ނަމަކަށް ކިޔާ މި އާޓް ޓީޗަރ ވަނީ ޖެހިޖެހިގެން100 ދުވަހު އެއް ހެދުމެއް ލާފައެވެ.
ޖޫލީ ބުނެފައިވާ ގޮތުގައި ކޮންމެ ދުވަހަކު ހެނދުނު ތެދުވުމަށްފަހު ލާނެ ހެދުމެއް ކަނޑައެޅުމަށް ވެސް ގިނަ ވަގުތުތަކެއް ނަގާނެއެވެ. އެހެންކަމުން ހެނދުނު ތެދުވެ، އެދުވަހަކު ލާނެ ހެދުމެއް ކަނޑައަޅަން ވަގުތުތަކެއް ނުދާނެއެވެ. އަދި އެއް ހެދުމެއް ލާނަމަ އަލަމާރީގައި ޖާގައިގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށް ޖޫލީ ބުނެއެވެ.
މިއީ ކުޑަ އާމްދަނީއެއް ލިބޭ މަސައްކަތްތެރިންނަށް ނަމޫނާއަކަށް ވާނެއެވެ. މީގެ އިތުރުން، ޖޫލީ ގަބޫލުކުރާ ގޮތުގައި މަދު އަންނައުނު ގެންގުޅުމުން ތިމާވެއްޓަށް ވެސް އޭގެ ފައިދާ ކުރާނެއެވެ. ސަބަބަކީ ޖީންސް ފަދަ އެއްޗެހި އުފައްދާއިރު ޖައްވަށް ވިހަ ގޭސް ދޫވެގެން ދެއެވެ.
އެހެންކަމުން ގިނަ އަންނައުނު ގަތުމަށްވުރެ، މިފަދަ ގޮތަކަށް ހެދުން އެޅުުގެ ވައްޓަފާޅި ބެހެއްޓުމަށް ޖޫލީ އެދެއެވެ.100 ދުވަހު އެއް ހެދުމެއް ލައިގެން ޖޫލީ ދޭން ބޭނުނެވާ އެއް މެސެޖަކީ، އަހަރެމެން އާ އަންނައުނު އެވަރަށް ހޯދަން ނުޖެހޭނެކަމެވެ. ފެންނަ ފެނުމަށް (އަގުބޮޑު ހެދުން ލައިގެން) ރަނގަޅު މީހަކަށް ވުމުގެ ބަދަލުގައި އެމީހެއްގެ އަހުލާގުން ރަނގަޅު މީހަކަށް ވުމުން އެ ނިމުނީ ކަމުގައި ޖޫލީ ބުނެއެވެ.
ޖޫލީ ބޭނުންވަނީ މިކަން ގިންބައެއްގެ މެދުގައި ފަތުރާށެވެ. އެހެންކަމުން މި ޗެލެންޖްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އިންސްޓަގްރާމްގައި #OneOutfit100Days މި ހޭޝްޓެގް ބޭނުން ކުރުމަށް ޖޫލީ އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް