ސައިފްގެ "ރަންގޫން" އިން 70 ޝޮޓް ކަނޑާލައިފި

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ބޮލީވުޑްގެ ފިލްމު "ރަންގޫން" އިން 70 ޝޮޓް ކަނޑާލައިފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފިލްމު ބަލާލަން ހިތްފަސ...

23 Feb 2017 | 22:27

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހިނގާފައިވާ ހާދިސާތަކެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ބޮލީވުޑްގެ ފިލްމު "ރަންގޫން" އިން 70 ޝޮޓް ކަނޑާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިލްމު ބަލާލަން ހިތްފަސޭހަ ކޮށްލުމުގެ ގޮތުން ސެންސަރު ބޯޑުން ފިލްމު ފާސްކުރި ފަހުން ޕްރޮޑަކްޝަން ޓީމުން ވަނީ ފިލްމު "ރަންގޫން" އިން 13 މިނިޓު ތެރޭގައި ހިމެނޭ 70 ޝޮޓު ކަނޑާލާފައި އެވެ. މިހާރު އެ ފިލްމުގެ ދިގުމިނަކީ ދެ ގަޑިއިރާއި 34 މިނިޓެވެ.

އަލުން އެޑިޓު ކުރުމަށް ފަހު ސެންސަރު ބޯޑަށް ހުށަހެޅުމުން އެ ބޯޑުގެ އޮފިޝަލަކު ބުނެފައިވަނީ ކުރިން ހުށަހެޅި ފިލްމު ބަލާފައި ދިގު ކަމުން ހީވަނީ އެއީ ފިލްމު ފެސްޓިވަލަކަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ފިލްމެއް ހެން ކަމަށެވެ. އޭރު ފިލްމުގެ ދިގުމިނަކީ ދެ ގަޑި އިރާއި 47 މިނިޓެވެ. އޭނާ ބުނީ އެޑިޓިންއަށް ފަހު ހުށަހެޅި "ރަންގޫން" މާ ރީތި ކަމަށެވެ.

ފިލްމު "ރަންގޫން" ގައި ލީޑްރޯލް ކުޅެނީ ޝާހިދު ކަޕޫރާއި، ސައިފް އަލީ ހާންގެ އިތުރުން ކަންގަނާ ރަނާވަތެވެ. މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް