ދުބާއީގައި ބާރު ސްޕީޑުގައި ކާރު ދުއްވި ބަޔަކާއި މަގުމަތި ސާފު ކުރަން ޖައްސައިފި

ދުބާއީގައި ނުރައްކާތެރި ގޮތަކަށް ބާރު ސްޕީޑުގައި ކާރު ދުއްވި ބަޔަކު ހައްޔަރުކޮށް މަގުމަތި ސާފު ކުރަން ޖައްސައިފި އެވެ. މިއަދަބު އެމީހުންނަށް ދޭން ނިންމީ ޔޫއޭއީގެ ނައިބު ރައީސް ޝައިހް މުހައްމަދު ބިން ރ...

23 Feb 2017 | 22:17

ދުބާއީގައި ނުރައްކާތެރި ގޮތަކަށް ބާރު ސްޕީޑުގައި ކާރު ދުއްވި ބަޔަކު ހައްޔަރުކޮށް މަގުމަތި ސާފު ކުރަން ޖައްސައިފި އެވެ.

މިއަދަބު އެމީހުންނަށް ދޭން ނިންމީ ޔޫއޭއީގެ ނައިބު ރައީސް ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމް އެވެ. މަގުމަތި ސާފު ކުރަން ޖެއްސީ އާންމު ހިދުމަތެއްގެ ގޮތުގައި އެވެ. މި އަދަބާއި އެކު ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުވެސް ދޭނެ ކަމަށް ނައިބު ރައީސް ވިދާޅުވެފައިވެ އެވެ.

އެމީހުން 30 ދުވަސް ވަންދެން ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު މަގުމަތި ސާފު ކުރަން ޖެހެ އެވެ. އެ މައްސަލައިގަ ހައްޔަރު ކުރީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކާރު ސްޓަންޓު ހަދާ އެ ގްރޫޕު ބާރު ސްޕީޑުގައި ކާރު ދުއްވާފައިވަނީ މީހުން ވަރަށް ގިނަ ސަރަހައްދެއްގައި ވާރޭވެހި މަގުތައް ތެތް ވެފައިވަނިކޮށެވެ. އަދި އެއީ ޓްރެފިކް ވެސް ވަރަށް ބާރު ބޮޑު ގަޑިއެއް ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް