ކައުންސިލް އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންނަށް ވުމުގެ މުއްދަތު އިތުރުކޮށްފި

ލޯކަލް ކައުސިލް އިންތިހާބުގެ މޮނިޓަރުންނަށާއި އޮބްޒާވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މާޗު މަހުގެ ފަސް...

23 Feb 2017 | 22:08

ލޯކަލް ކައުސިލް އިންތިހާބުގެ މޮނިޓަރުންނަށާއި އޮބްޒާވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މާޗު މަހުގެ ފަސް ވަަ ދުވަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެކަމަކު މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

ކައުންސިލް އިންތިހާބުގައި ރަށްވެހިފައިވާ ރަށް ނޫން އެެހެން ރަށެއްގައި ވޯޓުލުމަށް ރެޖިސްޓްރީވުމުގެ މުއްދަތުވެސް އީސީން ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފައި އެވެ. އަދި ރީރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދާއި މާދަމާ އާޓިފިޝަލް ބީޗާއި ރަސްފަންނަނުގައި ކުރިޔަށްގެންދާނެ ކަމަށް ބުނެ އެވެ.

ރީ ރެޖިސްޓްރީވާ ތަންތަނުގެ ތެރެއިން ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ސްރީލަންކާ އާއި އިންޑިއާގައި ވޯޓުލުމަށް މަދުވެގެން 1000 މީހުން ރެޖިސްޓްރީ ވާން ޖެހޭނެ ކަމަށް އީސީން ބުނެ އެވެ. އަދި ރިސޯޓެއްގައި ނަމަ 100 މީހުން ރެޖިސްޓްރީ ވާން ޖެހެ އެވެ.

މިފަހަރު އިންތިހާބުގައި ޖުމްލަ 469 ވޯޓު ބައްހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް