ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް ތިލަފުށިން ހައްޔަރުކޮށްފި

ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ތަކެއް ހައްޔަރުކޮށްފި އެވެ. އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ހަލީލް ވިދާޅުވީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި 6...

23 Feb 2017 | 21:10

ތިލަފުށީގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން ތަކެއް ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ހަލީލް ވިދާޅުވީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަންގައި 60 ބިދޭސީން އަތުލައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމީހުންނަކީ ގަވައިދާ ހިލާފަށް އުޅޭ ބައެއްކަމަށް ނިންމީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ވޯކް ވިސާ އާއި ގުޅޭ އެއްވެސް ސައްހަ ލިޔެކިޔުމެއް އެމީހުންގެ އަތުގައި ނެތުމުން ނެވެ.

އިއްޔެ ހައްޔަރު ކުރި ބިދޭސީން މިހާރު ވަނީ ހުޅުމާލެއަށް ގެންގޮސްފައި އެވެ. ހަލީލް ވިދާޅުވީ އެ އެންމެން އެމީހަކު ނިސްބަތްވާ ގައުމަށް ޑީޕޯޓުކޮށްލާނެ ކަމަށެވެ.

ތިލަފުށްޓަކީ ގިނަ އަދަދަކަށް ބިދޭސީން އުޅޭ ރަށެކެވެ. އަދި ގައިވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު ބިދޭސީން ފިލަންދާ ހާއްޔެއްގެ ގޮތުގައިވެސް ތިލަފުށި ބައެއް މީހުން ސިފަ ކުރެ އެވެ.

އިމިގްރޭޝަނުން ގެންދަނީ ދޭތެރެ ދޭތެރެއިން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަންތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް