ފުލުހުންނަށް ބޮޑު ކުރި މުސާރަ ނުދޭ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި

މިދިޔަ މަހުން ފެށިގެން ފުލުހުންނަށް ބޮޑު ކުރި މުސާރަ ނުދޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސ...

23 Feb 2017 | 19:56

މިދިޔަ މަހުން ފެށިގެން ފުލުހުންނަށް ބޮޑު ކުރި މުސާރަ ނުދޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ.

ފުލުހުންނަށް ބޮޑު ކުރި މުސާރަ ޖަމާކޮށްދިނުމަށް އެދި މިދިޔަ މަހު ދެ ފަހަރަު ފުލުހުންގެ އިދާރާއިން ފިނޭންސަށް ބޮޑު ކުރި މުސާރަ ޝީޓު ފޮނުވުމުން ވަނީ ކުރީގެ ޝީޓު ފޮނުވުމަށް އަންގައި އަނބުރާ މުސާރަ ޝީޓު ފޮނުވާލާފައި އެވެ. ފިނޭންސުން ބުނީ ބޮޑު ކުރި މުސާރަ ޖަމާކޮށްދެވޭނީ ކަމާ ބެހޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްފައި ކަމަށެވެ.

މާލިއްޔަތު ކޮމިޓީގެ ރައީސް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކަށް ރިޔާޒު ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ ފުލުހުންގެ މުސާރަ ބޮޑު ކުރި ކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް އެ މުސާރަ ފުލުހުންނަށް ލިބެމުން ނުދާކަމަށެވެ. އަދި އެކަމުގެ ސަބަބުން ފުލުހުން ތިބީ ވަރަށް ބޮޑަށް މާޔޫސް ވެފައި ކަމަށް ރިޔާޒު ވިދާޅުވެފައިވެ އެވެ.

ރިޔާޒުގެ ސިޓީގައި ވަނީ އެކަން ބަލައި، ބޮޑުކުރި މުސާރަ ހޯދައި ދިނުމުގައި އެ ކޮމެޓީއަށް ކުރެވެން އޮތް ކަމެއް ކޮށް ދިނުމަށް އެދިވަޑައިގެންފައިވެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ އާ މުސާރައިގެ އޮނިގަނޑުގައި ހިމަނާފައިވާގޮތުން ލިވިން އެލެވެންސްގެ ގޮތުގައި ކޮންމެ ފުލުހަކަށް ހަތަރު ހާސް ލިބޭނެ އެވެ. މިހާރު އެ އެލެވެންސް ލިބެނީ މާލޭގައި ކުއްޔަށް އުޅޭ މީހުން އެކަން ބަޔާންކކޮށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް