ސާފް ފުޓްސެލް ޗެމްޕިއަންޝިޕް 2026ގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްސެލް ޓީމް/ ފޮޓޯ: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ތާރީހުން ޖާގަހޯދާ ސާފްއިން ފުރަތަމަ ފަހަރަށް ބޭއްވި ފިރިހެން ފުޓްސެލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
ހުރިހާ މެޗަކުން ކުރި ހޯދައި ރާއްޖެއިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ބޫޓާނާއި ދެކޮޅަށް މިއަދު ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ބެންކޮކުގެ ނޮންތަބުރީ ހޯލުގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދައި، ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނަގާފައި ވަނީ ބޫޓާން ޓީމުންނެވެ. ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިގްނޭ ޝުލްޓްރިމްއެވެ. ބޫޓާނުގެ އެ ލަނޑާއެކު ދިވެހި ކުޅުންތެރިން އިތުރު ހިތްވަރަކާއެކު ލަނޑުޖަހަން މަސައްކަތްކުރިއިރު، ހާފު ނިމުމުގެ ކުރިން ރާއްޖެއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ފުޓްސަލް މެޗެއްގައި ބައިވެރިވީ 2004 ވަނަ އަހަރުގައެވެ. މިއަދު މިވަނީ އެދުވަހު ރާއްޖެއިން ފެށި އުންމީދީ ދަތުރަށް، ކާމިޔާބު މަންޒިލެއް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް