ތުއްތު ކުއްޖަކާއި ހާލުބޮޑު ދެމީހަކު ސިއްހީ އަވަސް ފަރުވާއަށް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތުއްތު ކުއްޖަކާއި ހާލުބޮޑު ބަލި ދެ މީހަކު ޞިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ. މިގޮތުން ދ. ކުޑަހުވަދޫއިން މިއަދު ހެނދުނު 09:10 ހާއިރު މާލެ ގެނެސްދީފައި ވަނީ 60...

24 Jan 2020 | 12:10

ތުއްތު ކުއްޖަކާއި ހާލުބޮޑު ބަލި ދެ މީހަކު ޞިއްޙީ އަވަސް ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފިއެވެ.

މިގޮތުން ދ. ކުޑަހުވަދޫއިން މިއަދު ހެނދުނު 09:10 ހާއިރު މާލެ ގެނެސްދީފައި ވަނީ 60 އަހަރުގެ ފިރިހެނަކާއި ތުއްތު ކުއްޖެކެވެ. މީގެ އިތުރުން މިއަދު ހަވީރު 17:03 ހާއިރު ކ. ކާށިދޫއިން 54 އަހަރުގެ ފިރިހެނަކު ވެސް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ވަނީ މާލެ ގެނެސްދީފައެވެ.

އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ފަރާތްތައް މާލެ ގެނެސްދީފައި ވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އެފަރާތްތައް ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމާ ގުޅިގެންނެވެ. އެމްއެންޑީއެފް ހެލިކޮޕްޓަރުގެ އެހީގައި މާލެ ގެނައި މި ފަރާތްތައް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ވަނީ ގެންދެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް