ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނު ކޮށްފައިވަނިކޮށް ފެތުރެން ފަށާފައިވާ ހިމަބިއްސަށް އިއްޔެ ޕޮސިޓިވްވި އެކަކީ ގާޒީ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އިއްޔެ އެ ބައްޔަށް ނުވަ މީހަކު ޓެސްޓު ކުރި އެވެ. އޭގެ ތެރެއިން ދެ މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.
އެކަމާ ގުޅޭގޮތުން އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ގާޒީ ސްކޫލުންގެ ދަރިވަރަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާތީ އިތުރަށް ބެލިބެލުމުން އެ ސްކޫލްގައި މީސަލްސް ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ33 ކުދިން ތިބިކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.
https://twitter.com/HPA_MV/status/1220415779700690948
އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެ ސަރަހައްދެއްގައި އަމަލުކުރަމުން އަންނަ ގޮތަށް މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
އިއްޔެ ހިމަބިއްސަށް ޕޮސިޓިވްވި ދެ މީހުންނާއި އެކު ޖުމްލަ ހަ މީހަކު ވަނީ ހިމަބިއްސަށް ޕޮސިޓިވް ވެފައި އެވެ. އެޗްޕީއޭއިން ދަނީ މީސަލްސް ވެކްސިން ޑޯޒު ފުރިހަމަ ނުކުރާ ކުދިންނަށް ވެކްސިން ދިނުމަށް އިލްތިމާސް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް