ދަރިފުޅަށް ޖިންސީ ގޯނާކޮށް އާއިލާގެ މެންބަރުންނަށް މަރުގެ އިންޒާރުދިން ކަމަށް ތުހުމަތުކުރެވޭ ބައްޕައަކަށް އަނިޔާ ކުރުމަށްފަހު ފުލުހުންނާއި ހަވާލުކޮށްފި އެވެ.
ވިލިމާލޭގައި ހިނގީއެފަދަ މައްސަލައެއް ކަމެއް ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު ފުލުހުން ބުނީ މާރާމާރީއެއްގެ ގޮތުގައި ވިލިމާލެއިން މައްސަލައެއް ރޭ11:30 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިންސީ ގޯނާގެ ތުހުމަތުގައި އެމީހާ މަގުމައްޗަށް ނެރެ އަނިޔާ ކުރީ ގޭގައި ހުއްޓައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި ފެންނަނީ އޭނާ ބިންމަތީގައި އޮންނަ އިރު ވަށާލައިގެން މީހުން ތިބޭތަނެވެ.
އޭނާގެ ދަރިފުޅު ކަމަށް ބުނާ ކުއްޖަކު ރޮމުން އަނިޔާގެ ވާހަަކަ ކިޔައިދޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ. އޭގައި ކުއްޖާ ބުނެފައިވަނީ ބައްޕަ އަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށެވެ. އޭނާއަށް ޖިންސީ ގޯނާކޮށް ހަދަނީ ގޭގައި މީހުން ނޫޅޭ ވަގުތުތަކުގައި ކަމަށާއި އެންމެ ފުރަތަމަ އެކަން ފެށީ ފަޅު ގެއަކަށް ގެންގޮސް ކަމަށެވެ.
އަދި އެވާހަކަ މީހުން ކައިރީ ދައްކާނަމަ އާއިލާގައި ހިމެނޭ ދައްތަ އާއި މަންމަ މަރާލާނެ ކަމުގެ އިންޒާރު ބައްޕަ ދޭކަމަށް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ކުއްޖާ ބުނީ ބައްޕަގެ ޖިންސީ އަނިޔާތަކުގެ ސަބަބުން ނަފްސާނީގޮތުން ގެއްލުންވެ ބައެއް ފަހަރު ގަޔަށް ބޮޑު ކަމު ދެވޭފަރުވެސް އަންނަ ކަމަށެވެ.
މިފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ރިޕޯޓު ކުރުން ވަނީ އިތުރުވެފައި އެވެ. މިކަމަށް އާންމުންގެ ހޭލުންތެރިކަން ކުއްލިއަކަށް އިތުރުވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި އެވެ.
އެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ތުހުމަތަށް ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ވަނީ ހައްޔަރުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް