އިތުރު 13 މީހުންނަށް ކޮވިޑު ޖެހުނު އިރު، 23 މީހުން ބަލިން ރަނގަޅުވެއްޖެ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އިތުރު 23 މީހުން މިބަލިން ރަނގަޅު ވެއްޖެ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ރާއްޖެއިން މިހައިތަނަށް ވަނީ...

23 Dec 2020 | 17:26

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އިތުރު 13 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އިތުރު 23 މީހުން މިބަލިން ރަނގަޅު ވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާ އިރު، ރާއްޖެއިން މިހައިތަނަށް ވަނީ 13،537 މީހަކަށް ކޮވިޑު ޖެހިފަ އެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 ޖެހުމާއި ހަމައަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން ހަތް މީހަކާއި އަތޮޅުތެރެއިން މީހަކާއި ރިސޯޓުތަކުން ފަސް މީހުން ނެވެ.

މިއަދު ޕޮޒިޓިވްވި ދިވެހީންނާއި ބިދޭސީންގެ އަދަދެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިއަދު ރަނގަޅުވި މީހުންނާއެކު މިހައިތަނަށް ބަލިން ފަސޭހަވީ މީހުންގެ އަދަދު މިވަނީ 12،983 އަށް އަރާފަ އެވެ.

499 މީހަކަށް މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަ އިރު، ހޮސްޕިޓަލުތަކުގައި 39 މީހަކު އެބަ ތިއްބެވެ. އަދި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 48 މީހަކު ވަނީ ނިޔާވެފަ އެވެ. އެއީ 41 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް