މުސްލިމުންގެ ޤިބުލަ ކަމުގައިވާ މާތްވެގެންވާ ކައުބަތުالله ގެފުޅުގެ ދޮރުކޮޅު ފަރުމާކުރެއްވި ސީރިއާއަށް ނިސްބަތްވާ ބޭފުޅެއްކަމުގައިވާ މުނީރް އަލް ޖުންދީ އަވަހާރަވެއްޖެއެވެ.
ގެފުޅުގެ ދޮރުކޮޅު ފަރުމާކުރުމުގެ ފުރުޞަތު އެބޭފުޅާއަށް ލިބިފައިވަނީ ޚާލިދް ބިން އަބްދުލް ޢަޒީޒްގެ ރަސްކަމުގައެވެ.
ޚާލިދް ބިން އަބްދުލް ޢަޒީޒްގެ ރަސްކަމުގައި ގެފުޅުގެ ދޮރުކޮޅު ފަރުމާކުރުމަށްޓަކައި ބޭނުންކޮށްފައިވަނީ ރަނެވެ.
ޖަރުމަނުގައި އަވަހާރަވެފައިވާ ސީރިއާއަށް ނިސްބަތްވާ މި ބޭފުޅާއަށް ވަނީ ކައުބާގެ ގެ ދޮރު ފަރުމާކުރެއްވި ބޭފުޅުންގެ ލިސްޓުގައި ނަން ފަވާލުމުގެ ފުރުޞަތު ލިބިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް