މިދިޔަ އަހަރު ހޮކްކޮންގައި ކުރިއަށް ދިޔަ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ނޫސްވެރިންނާއި ދެކޮޅަށް އެ ސިޓީގެ ފުލުހުން އަމަލު ކުރި ގޮތް ގާނޫނާއި ހިލާފު ނޫން ކަމުގައި އެގައުމުގެ ހައި ކޯޓުން ނިންމައިފިއެވެ.
މިހެން ކޯޓުން ނިންމާފައިވަނީ ހޮންކޮންގެ އެންމެ ދުވަސްވީ ނޫސްވެރިންގެ ޖަމިއްޔާ، "ހޮން ކޮން ޖާނަލިންޓް އެސޯސިއޭޝަން އިން ކޯޓަށް ހުށައެޅި ދެ މަސައްލައެއްގެ ހުކުމުގައެވެ. މިދެ މައްސަލާގައި އެ ޖަމިއްޔާއިން އެދިފައިވަނީ މިދިޔަ އަހަރުގެ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން އަމަލު ކުރިގޮތުން، ގާނޫނު އަސާސީއިން ޔަގީންކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުނުކަމަށެވެ.
މިގޮތުން މިމައްސަލާގައި ހިމަނާފައިވާ މިސާލުތަކުގެ ތެރޭގައި ނޫސްވެރިންގެ ގަޔަށް ރަބަރު އުންޑަ ޖެހުމާއި، މުޒާހަރާ ކުރަމުންދިޔަ މީހުނާއި ދެކޮޅަށް ކަރުނަގޭސް، ޕެޕާ ސްޕްރޭ އަދި ވޯޓަ ކެނޮން ބޭނުން ކޮށް، ނޫސްވެރިން ހައްޔަރުކޮށް އަދި ހައްޔަރުކުރާނެކަމުގެ އިންޒާރު ދީ އަދި ފުލުހުން ޝަހުޝު ހާމަނުކުރުން ހިމެނެއެވެ.
ހޮންކޮންގެ ނޫސްވެރިންގެ ޖަމިއްޔާއިން ބުނެފައިވަނީ ކޯޓުގެ ނިންމުމާއި މެދު އެއްވެސް ގޮތަކަށް ހިތް ހަމަ ނުޖެހޭ ކަމަށާއި މި ހުކުމް ދިރާސާކޮށް ދެން ކަން ކުރެވޭ ގޮތް ބަލާނެކަމަށެވެ.
މިމައްސަލަ މިހެން ނިންމި ކަމުގައިވިނަމަވެސް، މިދިޔަ މަހު ހަމަ މި ކޯޓުން ވަނީ ފިލުހުންނާއި ދެކޮޅަށް ހުށައެޅޭ ޝަކުވާތައް ބެލޭނެ ރަނގަޅު ނިޒާމެއް ނެތް ކަމަށާއި ޔުނީފޯމުގައި ފުލުހުންގެ ޝަހުޝު ހާމަ ކޮށްފައި ނެތް ނެތުމަކީ ގާނޫނު އަސާސީއާއި ހިލާފުކަމެއް ކަމަށް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް