އެމްޓީސީސީން ދުވާފަހު ސިއްހީ މަރުކަޒު ކުރިމަތީގައި ޕޭވްމަންޓެއް އަޅައިދީފި

އެމްޓީސީސީން ރ. ދުވާފަރު ސިއްހީ މަރުކަޒު ކުރިމަތީގައި ޕޭވްމަންޓެއް އަޅައިދީފި އެވެ. މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރި މަސައްކަތެކެވެ. އެ ރަށު ސިއްހީ މަރުކަޒު ކުރިމަތީ އަޅާފައިވަނީ 50 ...

23 Dec 2020 | 06:26

އެމްޓީސީސީން ރ. ދުވާފަރު ސިއްހީ މަރުކަޒު ކުރިމަތީގައި ޕޭވްމަންޓެއް އަޅައިދީފި އެވެ.

މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރި މަސައްކަތެކެވެ.

އެ ރަށު ސިއްހީ މަރުކަޒު ކުރިމަތީ އަޅާފައިވަނީ 50 ފޫޓު 30 ފޫޓުގެ ޕޭވްމަންޓެކެވެ. އެމްޓީސީސީން ބުނީ އެ މަސައްކަތް އެއްކޮށް ނިންމާލީ އިއްޔެ ކަމަށެވެ.

އެމްޓީސީސީން ގެންދަނީ ދުވާފަރު މަގު ހެދުމުގެ މަޝްރޫއު ވެސް އެ ރަށުގައި ކުރިޔަށް ގެންދަމުންނެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރު އަޅައި ޕޭވްމަންޓު ހެދުމަށް ހަމަޖެހިފައިވެ އެވެ.

އަދި ކޭބަލް ވަޅުލުމާއި ފެން ހިންދާ ވަޅުގަނޑުތައްވެސް މި މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް