ފިލްމު ޝޫޓިން ތެރެއިން މިތުން ހޭނެތިއްޖެ

ބޮލީވުޑްގެ އެކްޓަރު މިތުން ޗަކްރަބަތީ ފިލްމެއްގެ ޝޫޓިން އެއްގެ ތެރެއިން ކެވުނު އެއްޗަކުން ކާނާ ވިހަވެގެން ހޭނެތިއްޖެ އެވެ. ހާދިސާ ހިނގި އިރު އޭނާ ހުރީ ފިލްމު "ދަ ކަޝްމީރް ފައިލްސް" ގެ ޝޫޓިންގައި އެވެ....

23 Dec 2020 | 06:06

ބޮލީވުޑްގެ އެކްޓަރު މިތުން ޗަކްރަބަތީ ފިލްމެއްގެ ޝޫޓިން އެއްގެ ތެރެއިން ކެވުނު އެއްޗަކުން ކާނާ ވިހަވެގެން ހޭނެތިއްޖެ އެވެ.

ހާދިސާ ހިނގި އިރު އޭނާ ހުރީ ފިލްމު "ދަ ކަޝްމީރް ފައިލްސް" ގެ ޝޫޓިންގައި އެވެ. ހޭނެތުނު ވަގުތު ސިއްހީ ހާލަތު ވަރަށް ގޯސްވި ނަމަވެސް ފަހުން މިތުންނަށް މާ ބޮޑު ސިއްހީ މައްސަލައެއް ކުރިވެފައެއް ނުވެ އެވެ.

އެހެންވެ އޭނާ ވަނީ ގަޑި އިރެއްހާއިރު އަރާމު ކުރުމަށް ފަހު އަލުން ޝޫޓިން ފެށުމަށް އެދިފައި އެވެ. އެކަމަކު މިތުން އުމުރަށް ބަލައި އެއީ އެންމެ ރަނގަޅު ކަމަކަށް ނުވާތީ ފިލްމުގެ ޑައިރެކްޓަރު ވިވެކް އަގްނިހޯތްރީ ވަނީ އެއް ދުވަހަށް އެ ފިލްމުގެ ޝޫޓިން މެދު ކަނޑާލާފައި އެވެ.

ވިވެކް ބުނީ އޭނާއަށް މިތުން އެހާލުގައި މަސައްކަތް ކުރިތަން ފެނި އަޖައިބުވި ކަމަށާއި މިތުން ސުޕާ ސްޓާ އަކަށްވީ ކިހިނެތްކަން އޭނާ އަށް އިހުސާސް ކުރެވުނު ކަމަށެވެ. މިހާތަނަށް ދުވަހަކުވެސް އަދި ބަލިވެފައި ނުވާކަމަށް މިތުން އޭނަ ކައިރީ ބުނެފައިވާ ކަމަށް ވިވޭކް ބުނެއެވެ.

1980 ގެ އަހަރުތަކުގައި އިންޑިއާގައި މަޝްހޫރު ފިލްމުތަކެއް ކުޅެފައިވާ މިތުންގެ އުމުރަކީ 70 އަހަރެވެ. އޭނާ ވަނީ 500 އަށްވުރެ ގިނަ ފިލްމު ކުޅެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް