ދަ ހުކްސްގެ އިޔާ އެންޑް ޕްރޮމޯޝަން: އަށް ހާސް ރުފިޔާގެ ސްޕޯޓްސް ފިޝިންގ ގިއަރ ލިބުމުގެ ފުރުސަތު

އާ އަހަރާއި ދިމާކޮށް ދަ ހުކްސް މޯލްޑިވްސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް މެދުވެރިކޮށެވެ. މި ޕްރޮމޯޝަންގައި ގުރުއަތުން ހ...

23 Dec 2020 | 04:00

އާ އަހަރާއި ދިމާކޮށް ދަ ހުކްސް މޯލްޑިވްސް އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް މެދުވެރިކޮށެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތަކަށް 8،500 ރުފިޔާގެ ތަކެތި ދިނުމަށް ހަމަޖެހިފައިވެ އެވެ. އިނާމުގެ ގޮތުގައި ލިބޭ ތަކެތީގެ ތެރޭގައ މަސް ބާނާ ދޮއްޓާއި ބުޅި ފަދަ މަސްވެރިކަމުގައި ބޭނުން ކުރާ ސާމާނު ހިމެނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވާން މާ ބުރަ މަސައްކަތެއް ކުރާކަށް ނުޖެހެ އެވެ. ފުރަތަމަ "ދަ ހުކްސް މޯލްޑިވްސް" ގެ އިންސްޓަގްރާމް ޕޭޖު ފޮލޯ ކޮއްލާށެވެ. ދެވަނައަށް އިންސްޓަގްރާމްގެ ތިން އެކުވެރިން ހުކްގެ ޕްރޮމޯޝަން ޕޯސްޓުގައި ޓެގް ކުރާށެވެ. އޭގެ ފަހުން ޕްރޮމޯޝަން ޕޯސްޓު އަމިއްލަ ސްޓޯރީގައި ޝެއާ ކުރުމަށް ފަހު ހުކް މޯލްޑިވްސްގެ އެކައުންޓު ޓެގް ކޮށްލާށެވެ.

މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ނަސީބު ވެރިޔަކު ހޮވާނީ އަންނަ ޖެހުއަރީ އެއް ވަނަ ދުވަހު އެވެ.

 
View this post on Instagram
 

A post shared by The Hooks???????? (@thehooksmaldives)

ދަ ހުކްސް މޯލްޑިވްސްގެ މެނޭޖަރު މުހައްމަދު ޝިފާއު ވިދާޅުވީ ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް އެ ފިހާރައިން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ފިހާރައިން ވިއްކާ މަސްވެރިކަމުގައި ބޭނުން ކުރާ ތަކެއްޗަކީ ސްޕޯޓްސް ފިޝިންއަށް ހާއްސަ އެންމެ ފަހުގެ ޒަމާނީ އަލާތްތައް ކަމަށް ވިދާޅުވި އެވެ.

އެފިހާއިން ވިއްކާ މަސްވެރިކަމުގައި ބޭނުން ކުރާ ތަކެތީގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި "ވީބާސް" "ޓެއިލްވޯކް" "އޯޝަން ފްރީކް" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް