އދ. ދަނގެތީގައި ބީއެމްއެލް ގެ ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ގާއިމުކޮށް ޚިދުމަތްދޭން ފަށައިފި އެވެ.
މިއީ މުޅި ރާއްޖެއަށް ބީއެމްއެލްގެ ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން ގާއިމުކޮށް ޚިދުމަތްދޭން ފެށި ސެންތަރެކެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ އެވެ.
މި އޭޓީއެމް ގާއިމުކުރުމާއި ގުޅިގެން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ދަނގެތީގައި މި ބެހެއްޓުނު އޭޓީއެމް އާއެކު ސެލްފް ސަރވިސް ބޭންކިންގެ ޚިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.
" ބޭންކުން މިހާރުވެސް އދ. އަތޮޅުގެ ހަތަރު ރަށެއްގައި، ދަނގެތި، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓަރ މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް މިދަނީ ފޯރުކޮށްދެމުން." ޓިމް ސޯޔަރ ވިދާޅުވި އެވެ.
ދާދި ފަހުން ބޭންކުން ވަނީ އަލަށް ހުޅުވުނު މަހިބަދޫ ބްރާންޗުގައި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ އަޕްގްރޭޑްކޮށް ހުޅުވާފަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 74 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް